ސްކޫލްތަކުން ވޭޕް ސްޓިކް މިހާރު ނުފެނެއޭ ބުނާ ވަރަށް މަދުވެއްޖެ: މިނިސްޓަރު

މިހާރު

2 ނޮވެމްބަރު 2025 | އާދިއްތަ | 3:28

ސްކޫލްތަކުން ވޭޕް ސްޓިކް މިހާރު ނުފެނެއޭ ބުނެވޭ ވަރަށް އެ އެއްޗެހި ފެންނަ ވަރު ވަރަށް ބޮޑަށް މަދުވެއްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން އިއްޔެ އިން ފެށިގެން ތަންފީޒުކުރަން ފަށާފައިވާ 2007 އިން އުފަންވެފައިވާ އަދި އޭގެ ފަހުން އުފަންވާނެ ހުރިހާ ދިވެހިންނަށް ދުންފަތް މަނާވާ "ޖެނެރޭޝަނަލް ބޭން"ގެ ހާއްސަ ޓީވީ ކަވަރޭޖަށް ދިން އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން މާލެ ސަރަހައްދުގެ ސްކޫލްތަކުން އެކަނިވެސް ދުވާލަކު 50-60 ވޭޕް ސްޓިކް ފެންނަ ކަމަށެވެ.

"އެހެން ނަމަވެސް، މިހާރު ހަފުތާއެއްގެ މައްޗަށް 1-2 ވެސް ނުފެނެއޭ ބުނާ ވަރަށް މަދުވެއްޖެ،" އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް