ލަންކާއަށް ދިއުމުގެ ކުރިން "އީޓީއޭ" ހުށަހަޅަންޖެހޭ ގޮތް ހެދުމަށް ފަހު އެކަން ބާތިލްކޮށްފި

މިހާރު

2 ނޮވެމްބަރު 2025 | އާދިއްތަ | 5:28

ކުރު މުއްދަތުގެ ދަތުރުތަކުގައި ސްރީ ލަންކާއަށް ދިއުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) ހުށަހަޅަންޖެހޭ ގޮތް ހެދުމަށް ފަހު އެ ނިންމުން ބާތިލްކޮށްކޮށްފި އެވެ.

ލަންކާއިން ވަނީ މިދިޔަ މަހުގެ 15 އިން ފެށިގެން އެ ގައުމަށް އެތެރެވާ ނަމަ ލަންކާގެ ސަރުކާރުގެ eta.gov.lk/slvisa އަށް ވަދެ "އީޓީއޭ" ހުށަހަޅަންޖެހޭނެ ކަމަށް ކުރިން އަންގައިފަ އެވެ. އަދި ލަންކާއަށް ދަތުރަށް ފެށުމުގެ 24 ގަޑިއިރު ކުރިން މި ހުށަހަޅަންޖެހެ އެވެ.

އެކަމަކު ލަންކާގެ އިމިގްރޭޝަނުން މިހާރު ވަނީ، އެ ނިންމުން ބާތިލްކޮށް އެކަން އިއުލާނުކޮށްފަ އެވެ. އެ ގައުމުގެ އިމިގްރޭޝަނުން ބުނީ މި ނިންމުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށާއި އެހެންވެ ކޮންމެ ފަސިންޖަރަކު ވެސް މިހާރު އަމަލުކުރަން ޖެހޭނީ މިދިޔަ މަހުގެ 15 ކުރިން އަމަލުކުރަމުން އައި ގޮތަށް ކަމަށެވެ.

މައުޟޫޢުތަށް