ދިއްލީގެ ނަން "އިންދްރަޕްރަސްތާ" އަށް ބަދަލުކުރަން އެދެފި
މިހާރު
3 ނޮވެމްބަރު 2025 | ހޯމަ | 7:14
އިންޑިއާގެ ވެރިރަށް ދިއްލީގެ ނަން "އިންދްރަޕްރަސްތާ" އަށް ބަދަލުކުރުމަށް އެދި ޔޫނިއަން މިނިސްޓަރު އަމިތު ޝާހަށް، ޗާންދްނީ ޗޯކްގެ ބީޖޭޕީ މެމްބަރު ޕްރަވީން ޚަންދެލްވާލް ސިޓީއެއް ފޮނުވައިފި އެވެ.
މީގެ އިތުރުން އޯލްޑް ދިއްލީ ރެއިލްވޭ ސްޓޭޝަންގެ ނަން "އިންދްރަޕްރަސްތާ ޖަންކްޝަން" އަށް ބަދަލުކޮށް، އިންޓަނޭޝަނަލް އެއާޕޯޓުގެ ނަން "އިންދްރަޕްރަސްތާ އެއާޕޯޓް" އަށް ބަދަލުކުރުމަށް ވެސް އެ ސިޓީގައި ވަނީ އެދިފަ އެވެ.
"އިންދްރަޕްރަސްތާ" އަކީ ހިންދޫންގެ ދީނީ ގަބޫލުކުރުންތަކާ ގުޅިފައިވާ ފަސް ޝަހުސިއްޔަތެއް ކަމަށްވާ "ޕާންޑަވާ" އިން ޔަމުނާ ކޯރުގެ އައްސޭރިފަށުގައި ގާއިމުކުރި އެ މީހުން ވެރިރަށުގެ ނަން ކަމަށް ހިންދޫން ގަބޫލުކުރެ އެވެ.