ނަސްރުގެ ދުވަސް ފާހަގަކުރަން ސިފައިންގެ ގިނަ ހަރަކާތްތަކެއް

މިހާރު

2 ނޮވެމްބަރު 2025 | އާދިއްތަ | 7:52

މާދަމާ ފާހަގަކުރާ ނަސްރުގެ ދުވަހާ ގުޅިގެން ހަރަކާތްތަކެއް އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ ނަސްރުގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތައް މިރޭ ފަތިހު ފަށާނީ ސިފައިން ބައިވެރިވެގެން އިސްލާމީ މަރުކަޒުގައި ބޮޑު ޖަމާއަތުގައި ކުރާ ފަތިސް ނަމާދުން ކަމަށެވެ. އަދި އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑުތަކެއްގައި ސިފައިން ބައިވެރިވެގެން ބޮޑު ޖަމާއަތުގައި ފަތިސް ނަމާދު ކުރުމާއި ނަސްރުގެ ދުވަހުގެ ދިދަ ނެގުން އޮންނާނެ އެވެ.

އެ ނަމާދަށް ފަހު، ނޮވެންބަރު 3 ގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު މާދަމާ ހެނދުނު 6 ގައި ބާއްވާނެ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އެއަށްފަހު، ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ސޯޝަލް ސެންޓަރުގައި މާދަމާ ހެނދުނު 9 ޖަހާއިރު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

މައުޟޫޢުތަށް