ޔަމީ ގޯތަމް އާއި އިމްރާން ހާޝްމީގެ ފިލްމު "ހައްގު" އިސްލާމީ ޝަރީއަތަށް ފުރައްސާރަކުރާ ކަމުގެ ތުހުމަތު

މިހާރު

3 ނޮވެމްބަރު 2025 | ހޯމަ | 6:57

ބޮލީވުޑްގެ ތަރިން ކަމަށްވާ ޔަމީ ގޯތަމް އާއި އިމްރާން ހާޝްމީގެ ކުރިއަށް އޮތް ފިލްމު "ހައްގު"ގައި އިސްލާމީ ޝަރީއަތަށް ފުރައްސާކުރާ ކަމުގެ ތުހުމަތުކޮށް، އެ ފިލްމު ރިލީޒް ކުރުން ހުއްޓުވައި ދޭން ހައި ކޯޓުގައި އިއްޔެ އެދިއްޖެ އެވެ.

"ހައްގު" އަކީ އިންޑިއާގައި ހިނގި ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. އެ ފިލްމު ހާއްސަ ކޮށްފައި ވަނީ 1985 ވަނަ އަހަރު އިންޑިއާގެ މުސްލިމު ދެމަފިރިއެއްގެ ވަރިއާ ގުޅިގެން އޭރު ކޯޓުގައި ހިނގި "ޝާހް ބަނޫ މައްސަލަ" އަށެވެ.

ފިލްމު ރިލީޒްކުރުން ހުއްޓުވައިދޭން އިންދޯރުގެ ހައި ކޯޓުގައި އެދުނީ "ޝާހް ބަނޫ މައްސަލަ"ގައި ހިމެނޭ އަންހެން މީހާ، ޝާހް ބަނޫ ބޭގަމްގެ ވާރިސުންނެވެ. އޭނާގެ ފަސް ކުދިން ކޯޓަށް ހުށަހެޅި އެ މައްސަލާގައި ބުނީ އެ ފިލްމުން ގެނެސްދެނީ އިސްލާމީ މުޖުތަމައުގެ އަގު ވެއްޓޭ ގޮތަށް ކަމަށެވެ. އަދި ފިލްމުގައި އިސްލާމީ ޝަރީއަތަށް ފުރައްސާރަ ކުރާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ.

މައުޟޫޢުތަށް