ޗައިނާ އާއި ރަޝިޔާއިން ސިއްރުން ނިއުކްލިއާ ހަތިޔާރު ޓެސްޓުކޮށްފި: ޓްރަމްޕު

މިހާރު

4 ނޮވެމްބަރު 2025 | އަންގާރަ | 7:06

ރަޝިއާ އާއި ޗައިނާ ފަދަ ގައުމުތަކުން ބިމުގެ އަޑީގައި ސިއްރުން ނިއުކްލިއާ ޓެސްޓްތަކެއް ކޮށްފައިވާ ކަމަށާއި އެހެންވެ އެމެރިކާއިން ވެސް ޓެސްޓުކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ސީބީއެސްގެ "60 މިނެޓްސް" ޕްރޮގްރާމްގައި ޓްރަމްޕު ވިދާޅުވި ގޮތުގައި ރަޝިއާ އާއި ޗައިނާއިން ވެސް ޓެސްޓުތައްކޮށް އެކަމާ ބެހޭ ގޮތުން ވާހަކަ ނުދައްކާ ތިބެނީ ކަމަށެވެ.

"އަޅުގަނޑު ބޭނުމެއް ނޫން ޓެސްޓު ނުކުރާ ހަމައެކަނި ގައުމަކީ އެމެރިކާ ކަމަށް ވާކަށެއް،" އުތުރު ކޮރެއާ އާއި ޕާކިސްތާނަކީ ވެސް މިގޮތަށް ސިއްރުން ޓެސްޓުކުރާ ކަމަށް ބެލެވޭ ދެ ގައުމު ކަމަށް ތުހުމަތުކުރައްވަމުން ޓްރަމްޕް ވިދާޅުވި އެވެ.

މައުޟޫޢުތަށް