ނަސްރުގެ ދުވަހުގެ ހާއްސަ ޝަރަފުގެ އައްޑަނަ ކުރީގެ ރައީސް މައުމޫނަށް އަރުވައިފި

މިހާރު

3 ނޮވެމްބަރު 2025 | ހޯމަ | 11:05

ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމަށް ނަސްރުގެ ދުވަހު ހާއްސަ ޝަރަފުގެ އައްޑަނައެއް މިއަދު އަރުވައިފި އެވެ.

މި ޝަރަފުގެ އައްޑަނަ މައުމޫނަށް އެރުވީ ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށް ގެންދާ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސް މައުމޫނަށް ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ހާއްސަ އައްޑަނައެއް އެރުވުމަށް ރައީސް މުއިއްޒު ނިންމެވީ، ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި އޭރުގެ ރައީސްގެ ހައިސިއްޔަތުން މައުމޫން ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުގެ އަގު ގައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރުމުގެ ގޮތުންނެވެ.

މައުޟޫޢުތަށް