ގައުމަށްޓަކައި ގުރުބާން ވެވޭނީ ހަމައެކަނި ޔުނިފޯމް އަޅައިގެނެއް ނޫން: ރައީސް
މިހާރު
3 ނޮވެމްބަރު 2025 | ހޯމަ | 12:46
ގައުމަށްޓަކައި ގުރުބާން ވާން ތިބި ބަޔަކު އުފެއްދުމަކީ މުހިއްމު ކަމެއް ކަމަށާއި އެއީ ހަމައެކަނި ސިފައިންނާއި ފުލުހުންގެ ޔުނިފޯމު އަޅައިގެން ތިބެ ކުރެވޭ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް ސެންޓަރުގައި ބޭއްވި މި އަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ކުރީގައި ގައުމުގެ މިނިވަންކަން ނަގާލުމަށް ހަތިޔާރާ އެކު ގައުމުތަކަށް އެރިޔަސް މިހާރު އެކަން ބަދަލުވެފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ނޭނގި ތިއްބާ ޓެކްނޮލޮޖީގެ މި ޒަމާނުގައި މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމަށެވެ.