ގައުމިއްޔަތު ދިރުވުމަށް ކުރާ މަސައްކަތުގެ ނަތީޖާ ފެންނަމުންދޭ: ރައީސް
މިހާރު
3 ނޮވެމްބަރު 2025 | ހޯމަ | 1:35
ގައުމިއްޔަތު ދިރުވުމަށް ކުރާ މަސައްކަތުގެ ނަތީޖާ ފެންނަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމީ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ދިވެހިންނަކީ އެއް ބަހަކުން ވާހަކަ ދައްކާ އަދި އެއް ނަސްލަށް ނިސްބަތްވާ، އެއްބައިވަންތަ ބައެއް ކަމަށާއި އަމިއްލަ ނަފުސަށް ވުރެ ދިވެހި ގައުމު އިސްކޮށް، އާކުރަންޖެހޭ ކަމެއް ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ދިވެހި ވަންތަކަން، ދަރިންނާއި ދަރިންގެ ދަރިންނަށް އަދި އަންނަން އޮތް ޖީލުތަކަށް ދަސްކޮށްދޭން ޖެހޭ ކަމަށެވެ.