އެންމެ އަގުބޮޑު ކޮފީ ދުބާއީގައި، ތައްޓެއް ވިއްކަނީ 15،000ރ. އަށް

މިހާރު

4 ނޮވެމްބަރު 2025 | އަންގާރަ | 9:45

ދުނިޔޭގެ އެންމެ އަގުބޮޑު ކޮފީ ދުބާއީގައި ވިއްކަން ފަށައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ކޮފީގެ ތައްޓެއް ވިއްކަނީ 980 ޑޮލަރު (14،994ރ.) އަށެވެ. އެ ކޮފީ ވިއްކަނީ ދުބާއީގައި ކޮފީ ވިއްކުމަށް މަޝްހޫރު ކެފޭއެއް ކަމަށްވާ ޖުލިތު ކެފޭއިންނެވެ.

އޭއެފްޕީން ބުނީ ދުބާއީގެ ސިނާއީ ސަރަހައްދެއް ކަމަށްވާ އަލް ގޫޒްގައި ހުންނަ އެ ކެފޭއަކީ މިހާރު އެ ސަރަހައްދުގައި އެންމެ ގިނަ ބަޔަކު ކޮފީ ބުއިމަށް ވަންނަ އެއް ކެފޭ ކަމަށެވެ.

މައުޟޫޢުތަށް