ކޮޅުވެއްޓި ބަންޑުން ޖަހާލައި ދެ މީހަކު މަރުވި ހާދިސާއާ ގުޅިގެން ތަހުގީގު ފަށައިފިން: އެމްޕީއެލް
މިހާރު
3 ނޮވެމްބަރު 2025 | ހޯމަ | 1:08
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ވިޔަފާރި ބަނދަރު ކައިރިން އިއްޔެ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، ދެ މީހަކު މަރުވި ހާދިސާއާ ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި އެވެ.
އެމްޕީއެލްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން، ކަމާގުޅޭ ޑިޕާޓްމަންޓުތަކުން ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އަދި ތަހުގީގުން ހާމަވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް، އިތުރު މައުލޫމާތު އާއްމު ކުރާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އިއްޔެގެ ހަވީރު ހިނގި ހާދިސާގައި އެންމެ ފުރަތަމަ ނިޔާވީ އެމްޕީއެލްގެ މުވައްޒަފެއްގެ ގޮތުގައި މަސަައްކަތްކުރާ ބަންގްލަދޭޝްގެ މަސޫދު ހޮސެއިނެވެ. އެ ކުންފުންޏާ އޭނާ ގުޅުނީ މީގެ ތިން އަހަރު ކުރިންނެވެ.