ބަޖެޓް 2026: އެއް ގައުމަކުން އެންމެ ގިނަ ހިލޭ އެހީގެ ޕްރޮޖެކްޓް އިންޑިއާއިން

މިހާރު

3 ނޮވެމްބަރު 2025 | ހޯމަ | 2:11

ރާއްޖޭގައި އަންނަ އަހަރު ހިލޭ އެހީގެ ޕްރޮޖެކްޓްތައް އެއް ގައުމަކުން އެންމެ ގިނައިން ހިންގާނީ އިންޑިއާ އިން ކަމަށް ދައުލަތުގެ ބަޖެޓުގައި ހިމަނައިފި އެވެ.

އަންނަ އަހަރުގެ ބަޖެޓް ފޮތުގައިވާ ގޮތުން އެ އަހަރަށް ލަފާކުރާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓްގައި ހިލޭ އެހީގެ ޕްރޮޖެކްޓްތަކަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާ 355 މިލިއަން ރުފިޔާގެ ތެރެއިން 7.3 މިލިއަން ރުފިޔާ އަކީ އިންޑިއާގެ ހިލޭ އެހީގެ ޕްރޮޖެކްޓުތަކެވެ.

ދެވަނަ އަށް އެންމެ ގިނައިން ހިލޭ އެހީގެ ޕްރޮޖެކުތައް ހިންގާނީ ބަޖެޓު ފޮތުގައިވާ ގޮތުން ޔޫއޭއީ އިންނެވެ. އެއީ 4.8 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެވެ. ތިން ވަަނައިގައި އޮތް ޖަޕާނުން ހިންގާނީ 3.8 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެވެ.

މައުޟޫޢުތަށް