ޖެނިފާގެ އާ ލޯބިވެރިޔާއާ އެކު ފޮޓޯއެއް

މިހާރު

4 ނޮވެމްބަރު 2025 | އަންގާރަ | 9:44

ހޮލީވުޑްގެ ތަރި ޖެނިފާ އެނިސްޓަން އޭނާގެ އާ ލޯބިވެރިޔާއާ އެކު ނަގާފައިވާ ފޮޓޯތައް ފުރަތަމަ ފަހަރަށް އިންސްޓަގްރާމްގައި އިއްޔެ ޕޯސްޓުކޮށްފި އެވެ.

އެމެރިކާގެ މަޝްހޫރު ސިޓްކޮމް "ފްރެންޑްސް"ގެ ތަރި ޖެނިފާ އެ ޕޯސްޓުކުރީ އޭނާގެ ލޯބިވެރިޔާ ޖިމް ކާޓިސްގެ އުފަންދުވަހާ ދިމާކޮށެވެ. އެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައި ވަނީ ލޯބިވެރިޔާއަށް ވަރަށް އުފާވެރި އުފަންދުވަހަކަށް އެދޭ ކަމަށާއި އޭނާ ލިބުމުން އުފާކުރާ ކަމަށެވެ.

"ބްލެކް އެންޑް ވައިޓް" އެ ފޮޓޯގައި ޖެނިފާ ހުރީ ޖިމްގެ ގައިގައި ފަހަތުން ބައްދާލައިގެންނެވެ.

މައުޟޫޢުތަށް