ދިވެހި އަސްކަރިއްޔާއަށް ގެނައި ފަހުގެ އުޅަނދުތަކާ އެކު ދައްކާލީ ގާބިލްކަމާއި ހަލުވި "ރިއެކްޝަން"

މިހާރު

3 ނޮވެމްބަރު 2025 | ހޯމަ | 8:54

ހަތިޔާރު އެޅި ބަޔަކު ދިވެހި މަސްވެރިންގެ އުޅަނދަކަށް އަރައި މަސްވެރިންތަކެއް ރަހީނުކުރި އެވެ. ޓެރަރިސްޓުންގެ އަތްދަށުވުމުގެ ކުރިން މަސްވެރިން އެ މައުލޫމާތު ކޯސްޓް ގާޑަށް އެންގުމާ އެކު، ޓެރަރިސްޓުން ބަލިކޮށް މަސްވެރިން ސަލާމަތް ކުރުމުގެ އަވަސް އޮޕަރޭޝަނެއް ދިވެހި އަސްކަރިއްޔާ އިން ފެށި އެވެ.

މިއީ ރާއްޖޭގައި ކޮންމެ ވަގުތެއްގައި ވެސް ކުރިމަތިވެދާނެ ހާލަތެކެވެ. މިއާ ގާތްކުރާ ބައެއް ހާދިސާތައް ކުރިން ހިނގާފައި ވެސް އެބަހުއްޓެވެ. މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ އަސްކަރިއްޔާ އިން ޖުމްހޫރީ މައިދާން ސަރަހައްދުގައި މިއަދު ދައްކާލީ މިފަދަ ހާލަތެއްގައި ސިފައިން ހަރަކާތްތެރިވާނެ ގޮތުގެ ތަމްސީލެކެވެ.

ރާއްޖޭގެ އިރުމަތިން މީހުން އުޅޭ ރަށްތަކާ ދުރުގައި ކުރިމަތިވި އެ ނުރައްކާ "ނައްތާލަން" ފުރަތަމަ ވެސް އުދުއްސާލީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ސިފައިންގެ އަށް އަލަށް ހޯދައިދިން އަސްކަރީ ޑްރޯންތަކުގެ ތެރެއިން ޑްރޯން އެކެވެ. އެއީ މަސްވެރިން ރަހީނު ކޮށްފައިވާ ބޯޓު އޮތް ސަރަހައްދު ދެނެގަތުުމަށެވެ.

މައުޟޫޢުތަށް