ރައީސްގެ ސިޓީއާ ގުޅިގެން ތިން އޮފިސަރުންގެ ކަންކަން އެބަ ބަލަން: ކަސްޓަމްސް
މިހާރު
3 ނޮވެމްބަރު 2025 | ހޯމަ | 7:54
ތިން އޮފިސަރުންގެ ނަމާއި ކުރި ކަމަށް ތުހުމަތު ކުރެވޭ ކަންކަން ވެސް ވަނީ ސިއްރު ކޮށްފައި.
ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، ފިޔަވަޅު އަޅަން އެ މަނިކުފާނު އެދިވަޑައިގެންފައިވާ ކަސްޓަމްސްގެ ތިން އޮފިސަރުންނާ ގުޅުން ހުރި މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.
ހޯކްސްގެ ބޯޓެއްގައި ރާއްޖެ އަށް ގާނޫނާ ހިލާފަށް ސިނގިރޭޓު ކާޓަންތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑްވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ކަސްޓަމްސް އަށް ނޭނގި ބޭރުކުރި މައްސަލާގައި ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު ވަނީ ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މިދިޔަ މަހުގެ 29 ގައި މަގާމުން ވަކިކުރައްވައިފަ އެވެ.