ޕްރިމިއާ ލީގު ކުޅުންތެރިޔަކަށް އޭނާގެ އެޖެންޓް ބަޑިން ބިރުދައްކައިފި

މިހާރު

4 ނޮވެމްބަރު 2025 | އަންގާރަ | 9:16

އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުންތެރިއަކަށް، ލަންޑަނުގެ މަގުމަތީގައި އޭނާގެ އެޖެންޓް ބަޑިން ބިރުދެއްކިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފި އެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓް ކުރިގޮތުގައި މިކަން ހިނގީ އޭނާގެ ރަހުމަތްތެރިއަކާއެކު ހިނގާފައި ދަނިކޮށެވެ. އަދި އެ ހާދިސާ ރިޕޯޓް ކޮށްފައި ވަނީ ސެޕްޓެމްބަރު ހަވަނަ ދުވަހުގެ ރޭގެ 11:14 ގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އުމުރުން 20 އަހަރާއި 29 އަހަރާ ދެމެދުގެ އުމުރުގެ ފިރިހެނަކަށް ބަޑިން ބިރުދެއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އުމުރުން 31 އަހަރުގެ ފިރިހެނެކެވެ.

މައުޟޫޢުތަށް