ހަރަމްފުޅުގެ ސެކިއުރިޓީއަކު ހަރުކަށިކަން ދައްކާ ވީޑިއޯއަކާ އެކު ފާޑުކިޔަނީ

މިހާރު

4 ނޮވެމްބަރު 2025 | އަންގާރަ | 10:12

މައްކާގެ ހަރަމްފުޅުގައި އެތަނުގެ ސެކިއުރިޓީ އޮފިސަރަކު، އަޅުކަމަށް ގޮސް ތިބި ބަޔަކާ މެދު ހަރުކަށިކޮށް އަމަލުކޮށް ގަޔަށް އަތްލައި ކޮއްޕާ މަންޒަރު ފެންނަ ވީޑިއޯއެއް ވައިރަލްވެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މިނެޓެއްހާއިރުގެ ވީޑިއޯގައި ފެށޭއިރު ފެންނަނީ ގެފުޅާ ވަރަށް ކައިރީގައި އިށީނދެ އިންނަ އަންހެނެއްގެ އަތުގައި ހިފައި ދަމައިގަނެ ދުރަށް ދަމައިގަންނަ މަންޒަރުންނެވެ. އޭގެ އިރުކޮޅެއް ފަހުން ފެންނަނީ އިހްރާމްގައި ހުރި ފިރިހެނަކާ އެ ސެކިއުރިޓީ އޮފިސަރާ ކުރިމަތިލައި އެ މީހާގެ ގައިގައި ޖެހިގަނެ ކޮއްޕަމުން ދުރަށް ގެންދަން އުޅޭތީ އެވެ.

ބެލެވޭ ގޮތުގައި ސެކިއުރިޓީ އޮފިސަރާ ކުރިމަތިލި، އިހްރާމްގައި ހުރި މީހާ އަކީ އަންހެން މީހާގެ ގައިގައި އަތްލައި ދަމައިގަތުމުން އެކަމާ ހިތްހަމަނުޖެހި އެކަމަށް ހުރަސްއަޅަން އުޅުނު މީހެކެވެ.

މައުޟޫޢުތަށް