ބޭރު މަގުގައި ތާރު އަޅަން ޖުމްހޫރީ މައިދާން ސަރަހައްދުގެ ބައެއް މަގުތައް ބަންދުކޮށްފި

މިހާރު

4 ނޮވެމްބަރު 2025 | އަންގާރަ | 12:43

މާލޭ ރަސްމީ ފާލަމުން ފެށިގެން މާރުކޭޓާ ހަމައަށް ތާރު އަޅަން އެ ސަރަހައްދުގެ މަގުތައް ޓްރެފިކަށް އިއްޔެ ބަންދުކޮށްފި އެވެ.

ފުލުހުން ބުނީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު ރޭ 08:00 އިން ފެށިގެން އާންމު ޓްރެފިކަށް ބަންދުކޮށްފައިވާ ކަމަށެވެ.

ފުލުހުން އާންމުކޮށްފައިވާ ޗާޓުގައިވާ ގޮތުން މާރުކޭޓު ސަރަހައްދުން ފެށިގެން ރައީސް އޮފީސް ކައިރީގައި އޮންނަ ޕާކިން ޒޯނާ ހަމައަށް ވެހިކަލަށް ނުވަދެވޭނެ އެވެ. އަދި އެ ސަރަހައްދު ކައިރި މަގުތަކުގައި ޕާކް ކުރުން ވެސް މިވަގުތަށް ވަނީ މަނާކޮށްފަ އެވެ.

މައުޟޫޢުތަށް