ތެލެސީމިއާ ސެންޓަރަށް ހަފުތާއަކު 220 ޕެކްގެ ލޭ ބޭނުންވޭ
މިހާރު
4 ނޮވެމްބަރު 2025 | އަންގާރަ | 1:31
ތެލެސީމިއާ ސެންޓަރަށް ހަފުތާއަކަށް 220 ޕެކްގެ ލޭ ބޭނުންވާ ކަމަށް އެ ސެންޓަރުން މިއަދު ބުނެފި އެވެ.
ތެލެސީމިއާ ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި، އެ ސެންޓަރުގެ ކުޑަކުދިންގެ ބަލިތަކުގެ ޑޮކްޓަރު ޑރ. ނުސެއިބާ ފާރޫގް ހަސަން ވިދާޅުވީ ތެލެސީމިއާ ސެންޓަރަށް ލޭ ބޭނުންވާ މިންވަރަށް އެހެން ހޮސްޕިޓަލްތަކަށް ލޭ ބޭނުންނުވާ ކަމަށެވެ.
އެހެންވެ، ތެލެސީމިއާ ސެންޓަރާއި ބްލަޑް ސާވިސް ވަކިކޮށްލައިފިނަމަ ދަތިތަކާ ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މާލެ ސަރަހައްދުގައި ތެލެސީމިއާ ސެންޓަރަށް އެކަނި ވެސް 220 ޕެކްގެ ލޭ ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.