ބަޖެޓަށް ބަހުސްކުރަން ކޮންމެ މެމްބަރަކަށް 15 މިނެޓް
މިހާރު
4 ނޮވެމްބަރު 2025 | އަންގާރަ | 11:42
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރަން، މަޖިލީހުގެ ކޮންމެ މެމްބަރަކަށް ގިނަވެގެން 15 މިނެޓުގެ ވަގުތެއް ދޭން، މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ނިންމައިފި އެވެ.
އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، އެ ކޮމިޓީގެ ނައިބު މުގައްރިރު އަދި ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވީ މި އަހަރަށް ސަރުކާރުން ހުށަހެޅި ދައުލަތަށް ބަޖެޓު ބަހުސަށް މެމްބަރުންނަށް ވަގުތު ކަނޑައަޅާފައިވަނީ، ވަރަށް ގިނަ ގޮތްގޮތުން ވިސްނާފައި ކަމަށެވެ.
އެގޮތުން ބަޖެޓަށް ބަހުސްކުރަން ކޮންމެ މެމްބަރަކަށް ގިނަވެގެން 15 މިނެޓު ދިނުމާއެކު، ބަޖެޓް ދިރާސާ ކޮމިޓީގެ ރިޕޯޓަށް ކޮންމެ މެމްބަރަކަށް ހަތް މިނެޓްގެ ވަގުތެއް މިދިޔަ އަހަރު ދީފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.