އެކުއަތުލޯން ޗެމްޕިއަންޝިޕްގެ އެއްވަނަ 13 އަހަރުގެ މުލްހަމް އަދި ޝައްފަ!

މިހާރު

4 ނޮވެމްބަރު 2025 | އަންގާރަ | 12:10

ކ. މާފުށީގައި ބޭއްވި ފެތުމާއި ދުވުމުގެ ރޭސް ހިމެނޭ އެކުއަތުލޯން ޗެމްޕިއަންޝިޕްގެ ފިރިހެން ބައިގެ އެއްވަނަ އުމުރުން 13 އަހަރުގެ އިސްމާއީލް މުލްހަމް އާޒިމް އަދި އަންހެން ބައިގެ އެއްވަނަ ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ އާއިޝަތު ޝައްފަ ހޯދައިފި އެވެ.

ދިގު ފެތުމުގެ އިވެންޓްތައް ބާއްވާ އަމިއްލަ ކްލަބެއް ކަމަށްވާ، "ސްވިމް މޯލްޑިވްސް" އިން އިންތިޒާމު ކުރި މުބާރާތް ދެ ދުވަހަށް ކުރިއަށް ގެންދިޔަ އެވެ. މިދިޔަ ހުކުރު ދުވަހު ކުރިއަށް ދިޔައީ އިންޑަވިޖުއަލް ކެޓަގަރީ އެވެ. ހޮނިހިރު ދުވަހު ޓީމު އިވެންޓެވެ.

މުބާރާތުގެ ތިން ކެޓަގަރީގެ ތެރެއިން އެންމެ ވާދަވެރި ކެޓަގަރީއަކީ އެލީޓް ކެޓަގަރީ އެވެ. އެ ކެޓަގަރީގެ ފިރިހެން ބައިގެން އެއްވަނަ މުލްހަމް ހޯދީ މުހައްމަދު ޔައީޝް އިއްޒަތާއި މަޝްހޫރު ދުވުންތެރިޔާ ހުސައިން ފަޒީލު ހާރޫން (ފެލޭޝް) ބީޓްކޮށްލުމަށް ފަހު އެވެ.

މައުޟޫޢުތަށް