އެސްއީޒެޑްގެ ގާނޫނަށް ގެންނަ އިސްލާހު ކޮމިޓީން ފާސްކޮށްފި
މިހާރު
4 ނޮވެމްބަރު 2025 | އަންގާރަ | 4:10
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގައި މީހުން ދިރިއުޅޭ ޓައުންޝިޕްތައް ވެސް ހެދޭ ގޮތަށް އެސްއީޒެޑްގެ ގާނޫނު އިސްލާހުކުރަން ސަރުކާރުން ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި އެ ބިލުގެ އިބްތިދާއީ ބަހުސަށް ފަހު ބިލު ދިރާސާކުރަން މިއަދު ފޮނުވީ މުޅި މަޖިލިސް ހިމެނޭ ކޮމެޓީއަށެވެ. މަޖިލީހުގެ ހުރިހާ މެމްބަރުން ހިމެނޭ ގޮތަށް ބާއްވާ މުޅި މަޖިލީހުގެ ކޮމިޓީއަކީ އާއްމުކޮށް ބޮޑެތި ކަންކަން ނިންމާ ކޮމެޓީއެކެވެ.
މުޅި މަޖިލީހުގެ ކޮމިޓީން ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ ތެރެއިން 55 މެންބަރުން ވޯޓުންނެވެ.