ސިންގަޕޫރުގައި ސްކޭމްކުރާ މީހުންގެ ގައިގައި އެއްތެލުން ތަޅަން ފަށަނީ

މިހާރު

4 ނޮވެމްބަރު 2025 | އަންގާރަ | 7:48

އޮންލައިން ސްކޭމްކުރާ މީހުންނަށް، މަދުވެގެން ހަ ފަހަރު އެއްތެލުން ޖެހުމުގެ އަދަބު ތައާރަފްކުރާނެ ކަމަށް، ގާނޫނު ހަދާ މަޖިލީހުގައި ވަޒީރަކު ވިދާޅުވެއްޖެ އެވެ.

ސިންގަޕޫރުގައި، ސްކޭމަރުންގެ މަޅީގައި ޖެހޭ މީހުން ވަރަށް ބޮޑަށް އިތުރުވެ އެތައް ބަޔަކަށް ބޮޑެތި ގެއްލުންތައް ވަމުންދާ މައްސަލަ ވަނީ ބޮޑުވެފަ އެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ދެވަނައަށް އެންމެ ބޮޑު އިގުތިސާދު ކަމަށްވާ ސިންގަޕޫރުގެ ސީނިއާ ސްޓޭޓް ފޯ ހޯމް އެފެއާޒް ސިމް އެން ވިދާޅުވި ގޮތުގައި 2020 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ ހަމައަށް 2.8 ބިލިއަން ޑޮލަރު ސްކޭމަރުންގެ ސަބަބުން ގެއްލިފައިވެ އެވެ.

މައުޟޫޢުތަށް