އެމްޕީއެލް އިން ޒުވާނުންނަށް ހިންގާ މަސައްކަތުގެ ތަޖުރިބާ ޕްރޮގްރާމްގެ އެއްބަސްވުން އިތުރު ތިން އަހަރަށް

މިހާރު

4 ނޮވެމްބަރު 2025 | އަންގާރަ | 9:07

ޒުވާނުން ބާރުވެރިކޮށް، މަސައްކަތުގެ ތަޖުރިބާ އާއި ތަމްރީނުތައް ފޯރުކޮށްދިނުމަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ޔޫތު މިނިސްޓްރީ އާ ދެމެދު ވެފައިވާ އެއްބަސްވުން އިތުރު ތިން އަހަރަށް އާ ކޮށްފި އެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަލީ ޝަމްއާނެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް ލާނިން އެންޑް ޑިވެލޮޕްމަންޓް އޮފިސަރު އައިޝަތު ޝިމްލާ އެވެ.

އެމްޕީއެލް އިން ބުނީ، މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ، ޒުވާނުންނަށް ގައުމީ ފެންވަރުގެ ތައުލީމް ފޯރުކޮށްދިނުމުގައި މަސައްކަތުގެ ތަމްރީނު އަދި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތުތައް އިތުރުކުރުން ކަމަށެވެ.

މައުޟޫޢުތަށް