ސިނގިރޭޓް ކޮންޓެއިނާ ވައްކަން: ވަގު ސިނގިރޭޓް ހޯދަން އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ

މިހާރު

4 ނޮވެމްބަރު 2025 | އަންގާރަ | 9:45

ވަގަށް ނެގި ދެ ކޮންޓެއިނާގައި ހުރީ މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓް ކަމަށް އެނގިފައިވޭ.

ރާއްޖެ އަށް ވަގަށް އެތެރެ ކުރަނިކޮށް ކަސްޓަމްސް އިން މިދިޔަ އޭޕްރީލް މަހު ހިފަހައްޓާފައިވާ ދެ ސިނގިރޭޓް ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގެ ތުހުމަތަށް ނުވަ މީހަކު ހައްޔަރު ކޮށްފައިވާއިރު، ވަގަށް ނަގާފައިވާ ސިނގިރޭޓާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެކަން ރިޕޯޓް ކުރަން ފުލުހުން މިރޭ އެދިއްޖެ އެވެ.

ފުލުހުންގެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ، އެމްޕީއެލް ހުޅުމާލޭގެ ޕޯޓުގައި ބަހައްޓާފައިވާ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓުގެ މައުލޫމާތު އަދި ރާއްޖެ އަށް ސިނގިރޭޓް އެތެރެ ކުރުމުގެ ހުއްދަ ނެތި ފުޅާ ދާއިރާއެއްގައި އޭގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މައުލޫމާތު ވެސް ބޭނުންވާ ކަމަށެވެ.

މައުޟޫޢުތަށް