އެކަނި އޮންނަ ފުވައްމުލަކުން އެދެނީ ފަޅުރަށެއް ދިނުމަށް
މިހާރު
4 ނޮވެމްބަރު 2025 | އަންގާރަ | 10:46
ފުވައްމުލަކަށް ކައިރި އަތޮޅަކުން ފަޅުރަށެއް ހަމަޖައްސައިދޭން އެ ރަށު ސިޓީ ކައުންސިލުން މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިއްޖެ އެވެ.
ރާއްޖޭގައި އެންމެ ރަށެއްގެ މައްޗަށް އޮންނަ ހަމައެކަނި އަތޮޅު ކަމަށްވާ ޏ. އަތޮޅުގެ ފުވައްމުލަކާ އެންމެ ކައިރީގައި، ދެކުނުން އޮންނަ އައްޑު އަތޮޅު ވެސް 35 ކިލޯމީޓަރަށް ވުރެ ދުރެވެ. އުތުރުން އެންމެ ކައިރި ގދ. އަތޮޅާ ދެމެދު 55 ކިލޯމީޓަރު ހުރެ އެވެ.
ރައީސް މުއިއްޒު ފުވައްމުލަކަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގައި ސިޓީ ކައުންސިލާއި މި ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ވެސް އެ އިދާރާގައި މިރޭ ވަނީ ބައްދަލުކުރައްވައިފަ އެވެ.