ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ ބޮޑު ބައި ނިމިއްޖެ
މިހާރު
6 ނޮވެމްބަރު 2025 | ބުރާސްފަތި | 1:01
ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމަށް ފަށާފައިވާ މަސައްކަތުގެ ބޮޑު ބައި މިހާރު ނިމިފައިވާ ކަމަށް އެޗްޑީސީން އިއްޔެ ބުނެފި އެވެ.
އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ 16 ޓަވަރެއްގައި އިތުރު ލިފްޓު ބެހެއްޓުމަށް ކުރާ މަސައްކަތުގެ ދެބައިކުޅަ އެއްބައި ނިންމާފައިވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ އެއް ވަނަ ޓަވަރާއި ތިން ވަނަ އަދި ހަތަރު ވަނަ ޓަވަރުގައި އިތުރަށް ހަރުކުރި ލިފްޓުތައް މިހާރު ބޭނުންކުރަމުން އަންނަ ކަމަށެވެ.
ދެ ވަނަ ޓަވަރުގައި ލިފްޓު ހަރުކޮށް، ހުރިހާ ކަމެއް ނިމިފައިވާ ކަމަށާއި އެކަމަކު އަދި ބޭނުންކުރަން ނުފަށާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.