ޗެމްޕިއަންސް ލީގުގެ އެންމެ ޒުވާން ކުޅުންތެރިއަކަށް އާސެނަލްގެ 15 އަހަރުގެ ފޯވާޑް

މިހާރު

5 ނޮވެމްބަރު 2025 | ބުދަ | 11:58

ޕްރާގް (ނޮވެމްބަރު 5) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފް އާސެނަލްގެ އުމުރުން 15 އަހަރުގެ ފޯވާޑް މެކްސް ޑައުމަން ހޯދައިފި އެވެ.

އާސެނަލް ރޭ ޗެމްޕިއަންސް ލީގުގައި 3-0 އިން ސްލާވިއާ ޕްރާހާއާ ދެކޮޅަށް މޮޅުވި މެޗުގެ 72 ވަނަ މިނިޓުގައި ކުޅެން އެރި އިރު އުމުރުން 15 އަހަރާއި 308 ދުވަހެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ދެ ވަނައަށް އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް އޮންނަ ޑައުމަން އަށް 16 އަހަރު ފުރޭނީ ޑިސެމްބަރު 31 ގަ އެވެ.

މައުޟޫޢުތަށް