އެމެރިކާގެ ވަރުގަދަ ނުފޫޒުތަކާ ދެކޮޅަށް ނުކުމެ މަމްދާނީ ނިއު ޔޯކްގެ މޭޔަރުކަން ކާމިޔާބުކޮށްފި

މިހާރު

5 ނޮވެމްބަރު 2025 | ބުދަ | 8:54

ޝިއައީ މުސްލިމެއް ކަމަށްވާ ޒަހްރާމް މަމްދާނީ، އެމެރިކާގައި އާބާދީގެ ގޮތުން އެންމެ ބޮޑު ސިޓީ ކަމަށްވާ ނިއު ޔޯކްގެ މޭޔަރު ކަމުގެ މަގާމު ކާމިޔާބުކޮށް ތާރީހުން ޖާގަ ހޯދައިފި އެވެ.

ޑިމޮކްރެޓިކް ޕާޓީގެ އެސެމްބްލީމެންބަރެއް ކަމަށްވާ، އުމުރުން 34 އަހަރުގެ މަމްދާނީއާ އެންމެ ގާތުން ވާދަކުރެއްވީ ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއްގެ ތާށިވެ ނިއު ޔޯކްގެ ގަވަރުނަރުގެ މަގާމުން އިސްތިއުފާ ދެއްވި އެންޑްރޯ ކުއޯމޯ އެވެ.

މޭޔަރުކަމުގެ އިންތިހާބުގައި ވާދަކުރެއްވުމަށް މަމްދާނީ ޓިކެޓް ހޯއްދެވީ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ވެސް ކުއޯމޯ ބަލިކުރެއްވުމަށް ފަހުގަ އެވެ. އެހެންވެ ކުއޯމޯ މި އިންތިހާބަށް ނުކުންނެވީ އަމިއްލަ ގޮތުންނެވެ. އިންތިހާބުގައި ދެން ވާދަކުރެއްވީ ގާޑިއަން އެންޖެލްސްގެ ބާނީ، ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ކާޓިސް ސްލިވާ އެވެ.

މައުޟޫޢުތަށް