އާޒިމް މާލޭގެ މޭޔަރުކަމުގެ ދެ ވަނަ ދައުރަކަށް ކެމްޕެއިން ފައްޓަވައިފި
މިހާރު
5 ނޮވެމްބަރު 2025 | ބުދަ | 10:54
މާލޭގެ މޭޔަރު އާދަމް އާޒިމް، ދެ ވަނަ ދައުރަކަށް ކެމްޕެއިން ފައްޓަވައިފި އެވެ.
ރައީސްކަމުގެ މަގާމަށް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވުމާ ގުޅިގެން މޭޔަރުކަމުން އިސްތިއުފާ ދެއްވުމުން ބޭއްވި ބައި އިލެކްޝަން ކާމިޔާބުކުރައްވައި އާޒިމް މަގާމުގެ ހުވާކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ 22 ގަ އެވެ.
ކައުންސިލްތަކުގެ ދައުރުގެ ތެރެއިން ބާއްވާ ބައި އިލެކްޝަންތަކުގައި އިންތިހާބުކުރާ މެންބަރުންގެ ދައުރު ގުނަނީ ކައުންސިލްގެ ދައުރުން ބާކީ އޮތް މުއްދަތަށެވެ. އެހެންވެ، އަންނަ އަހަރުގެ މާޗް މަހު ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރު ވެސް އަލުން އިންތިހާބުކުރަންޖެހޭނެ އެވެ.