އެފްއެސްއެމްގެ ހާލަތު ރަނގަޅު ކުރުމުގެ އެއް ހުރަހަކީ މެންބަރުންގެ ފޯނު ކޯލުތަކާއި ރިކުއެސްޓްތައް: އެމްޑީ

މިހާރު

5 ނޮވެމްބަރު 2025 | ބުދަ | 1:07

ސިޔާސީ އެއްވެސް މީހަކު އަޅުގަނޑުމެންނަށް ގުޅަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ: އާޝާން

ތަފާތު ސަބަބުތަކާ ގުޅިގެން ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ މުވައްޒަފުންނަށް އެ ކުންފުނީގެ މެނޭޖުމަންޓުން ފިޔަވަޅު އަޅާތީ، އެ ކަންކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލިހުގެ މެންބަރުން ނުގުޅުއްވުމަށް މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާން މަޖިލިހުގެ ކޮމިޓީއެއްގައި މިއަދު އެދިވަޑައިގެންފި އެވެ.

އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުއާމަލާތްތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މެންބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އާޝާން ވިދާޅުވީ، އެފްއެސްއެމްގެ ހާލަތު ރަނގަޅު ކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ މެންބަރުންގެ ފޯނު ކޯލުތަކާއި "ރިކުއެސްޓްތައް" ކަމަށެވެ. އެހެންވެ، ކުންފުނީގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި މެންބަރުންގެ އެއްބާރުލުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް