ނިއު ޔޯކުން މި ދެއްކީ ޓްރަމްޕު ބަލިކުރާނެ ގޮތް: މަމްދާނީ
މިހާރު
5 ނޮވެމްބަރު 2025 | ބުދަ | 12:02
މޭޔަރުކަމުގެ އިންތިހާބުގައި، އެމެރިކާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ނިއު ޔޯކުން ދައްކައިދިނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބަލިކުރާނެ ގޮތް ކަމަށް، އިންތިހާބު ކާމިޔާބުކުރެއްވި ޒުވާން ކެންޑިޑޭޓް ޒަހްރާން މަމްދާނީ ވިދާޅުވެއްޖެ އެވެ.
ޝިއައީ މުސްލިމެއް ކަމަށްވާ، އުމުރުން 34 އަހަރުގެ މަމްދާނީގެ ސޯޝަލިސްޓް ސިޔާސަތާއި އޭނާއަށް ހަރުކަށިކަމާ އެކު ދެކޮޅު ހައްދަވަމުން ގެންދަވާ ޓްރަމްޕަށް މަމްދާނީގެ ރައްދު ދެއްވީ އޭނާގެ ކާމިޔާބީގެ ތަގުރީރުގަ އެވެ.
"ޑޮނަލްޑް ޓްރަމްޕްގެ އޮޅުވާލުމުގެ ކުރިމަތީގައި އޭނާ ބަލިކުރާނެ ގޮތް ދެއްކޭނެ ނަމަ އެކަން ކުރީ އޭނާއަށް [މިހާރު ހުރި މަގާމަށް] އާދެވޭނެ މަގު ވެސް ދައްކައިދިން މި ސިޓީން،" މަމްދާނީ ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ދެއްވި ތަގުރީރުގައި ވިދާޅުވި އެވެ.