ހިތަދޫގައި ފްލެޓަކުން ކުއްޖަކު ވެއްޓި، އަނިޔާތަކެއް
މިހާރު
5 ނޮވެމްބަރު 2025 | ބުދަ | 1:43
އައްޑޫ ސިޓީ ހިތަދޫގެ ފްލެޓެއްގެ މަތިން އަންހެން ކުއްޖަކު ވެއްޓި، އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހިތަދޫގެ 14 ވަނަ ޓަވަރުގެ ދެ ވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓިގެން ދަންވަރު 12:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި އަނިޔާވީ 15 އަހަރުގެ ކުއްޖަކަށެވެ.
އެ ކުއްޖާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.