ހުޅުމާލޭ 3 އަލުން ހިއްކަން ފަށާތީ ފަޅު ހުސްކުރަން އަންގައިފި

މިހާރު

5 ނޮވެމްބަރު 2025 | ބުދަ | 2:42

ހުޅުމާލޭ 3 ގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށް އެ ސަރަހައްދުގެ ފަޅު ހުސްކުރަން އެޗްޑީސީން އަންގައިފި އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށް، އެ ސަރަހައްދުގައި އެ މަސައްކަތަށް ދަތިވާ ގޮތަށް އަޅާފައިވާ އުޅަނދުތައް ނަގައި ވަގުތީ ގޮތުން އެހެން ސަރަހައްދެއް އުޅަނދު އެޅުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

އުޅަނދުތައް ބޭއްވުމަށް ހަމަޖައްސާފައި ވަނީ ގުޅިފަޅާއި ކުޑަގިރި އާއި ތިލަފުށީގެ ފަޅުން ބައެކެވެ. އެ ރަށްރަށުގެ ފަޅުގައި އުޅަނދުތައް އަޅާނެ ސަރަހައްދުތަކުގެ ޗާޓުތައް ވެސް އިއުލާނާ އެކު އާންމުކޮށްފައިވެ އެވެ.

މައުޟޫޢުތަށް