ޖިންސީ ގޯނާކުރިކަން އެތެރޭގެ ތަހުގީގުން ސާބިތުނަމަ ވަޒީފާއިން ވަކިކުރާނަން: މިނިސްޓަރު

މިހާރު

5 ނޮވެމްބަރު 2025 | ބުދަ | 3:29

ދަރިވަރަކަށް ޓީޗަރަކު އެއްވެސް ގޮތަކުން ގޯނާއެއް ކުރިކަން އެތެރޭގެ ތަހުގީގުގައި ސާބިތުވެއްޖެ ނަމަ އެ ޓީޗަރަކު ވަޒީފާ އިން ވަކިކުރުމަށް ބަދަލުތައް ގެނައުމުގެ ވިސްނުން އެބަހުރި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ހަތަރު ސްކޫލެއްގެ ބައެއް ޓީޗަރުން ޖިންސީ ގޯނާގެ ތުހުމަތުގައި މި ފަހުން ހައްޔަރުކޮށް، ސަސްޕެންޑު ކޮށްފައި ވަނިކޮށް މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ އެފަދަ ހާދިސާތައް ހިނގަނީ ސްކޫލުން ބޭރުގައި ކަމަށެވެ. ނަމަވެސް، އެފަދަ ކަންތައްތަކުން ސްކޫލްތައް ރައްކާތެރި ކުރުމަކީ މިނިސްޓްރީ އަށް އެންމެ މުހިއްމު އަދި ސަމާލުކަންދޭ ކަން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ތެރެއިން، ޓީޗަރަކަށް ތުހުމަތެއް ކޮށް، އަދި އެކަން އެތެރޭގެ ތަހުގީގުން ސާބިތުވެއްޖެ ނަމަ އެ މީހަކަށް ފިޔަވަޅު އެޅުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއެކު ގަވައިދު ބަދަލުކުރުމުގެ މަޝްވަރާތައް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މައުޟޫޢުތަށް