އެންދެރި އާއި ރަތް މުރަކަ ނެގުމާއި ދާ އަޅަން ފެށުމުގެ ހިޔާލު ފާޅުކޮށްފި

މިހާރު

5 ނޮވެމްބަރު 2025 | ބުދަ | 4:43

ރާއްޖޭގައި ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުން ހިމާޔަތްކޮށްފައިވާ އެންދެރި އާއި ރަތް މުރަކަ ނަގައި، އެއިން ގަހަނާ ހަދަން ފުރުސަތު ދިނުމަށާއި އެހެން ބައެއް ގައުމުތަކުގައި ކުރާ ގޮތަށް ދާ އަޅައިގެން މަސްވެރިކަން ކުރަން ވެސް ފުރުސަތު އޮންނަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ހިޔާލުފާޅުކޮށްފި އެވެ.

ކަށިމިޔަރުގެ މަސްވެރިކަން ކުރަން ހުއްދަ ދިނުމާ ދެކޮޅަށް މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި އިހަވަންދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނަސީރު ވިދާޅުވީ ރާއްޖޭގެ ކަނޑުތަކުގައި ނުނަގާ ބަހައްޓާފައި ހުރި ބާވަތްތައް ކަމަށްވާ އެންދެރި އާއި ރަތް މުރަކައިން ގަހަނާ އުފައްދައިގެން އެހެން ގައުމުތަކުގައި ނަފާ ހޯދަމުން އަންނަ ކަމަށެވެ.

ނަސީރު ވިދާޅުވީ ރަތްމުރަކައިގެ ވަރަށް ކުޑަ އެތިކޮޅެއް ބޭނުންކޮށްގެން ހަދާ ގަހަނާ ދުނިޔޭގެ ބާޒާރުގައި ވަރަށް ބޮޑު އަގުގައި ވިއްކަމުން އަންނަ ކަމަށެވެ.

މައުޟޫޢުތަށް