ސަސްޕެންޝަންގައި ހުރި ގާޒީ ފާއިޒްގެ ނިންމުން ބަދަލުކޮށް، ލަމްހާ އަނެއްކާވެސް ބަންދަށް

މިހާރު

5 ނޮވެމްބަރު 2025 | ބުދަ | 3:16

އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ބަދަލުކޮށް، އޭނާ އަލުން ޝަރީއަތް ނިމެންދެން ބަންދުކުރަން އެ ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ލަމްހާ 2023 ވަނަ އަހަރު ކްރިމިނަލް ކޯޓުން ދޫކޮށްލި އެވެ. ނަމަވެސް، ކްރިމިނަލް ކޯޓުގެ އެ ނިންމުން ގޯސްކޮށް ހައި ކޯޓުން ކަނޑައެޅި އެވެ. އޭގެ ފަހުން ވެސް ދެ ފަހަރެއްގެ މަތިން ލަމްހާ ބަންދުން ދޫކޮށްލާފައި ވަނިކޮށް، ހައި ކޯޓުން އެ ނިންމުން ބާތިލްކޮށް އަލުން ބަންދާ މެދު ގޮތް ނިންމަން އަންގާފައިވެ އެވެ.

ނަމަވެސް މިދިޔަ އަހަރު ޑިސެމްބަރު މަހުން ފެށިގެން ލަމްހާ ހުރީ ދޫކޮށްލައިފަ އެވެ. ލަމްހާ އަލުން ބަންދުކުރަން ދައުލަތުން އެކިފަހަރު އެދުނު ނަމަވެސް، އެންމެ ފަހުން އެ މައްސަލަ ބެއްލެވި ގާޒީ ހުސެއިން ފާއިޒް ރަޝާދު އެންގެވީ ލަމްހާގެ ފަރާތުން ނުރައްކާ އޮތް މިންވަރު ބަލަން އެސެސްމެންޓެއް ހެދުމަށެވެ.

މައުޟޫޢުތަށް