ހުޅުދޫ އާއި މީދޫ ވާނީ ދުބާއީ އާއި އަބޫ ދާބީއަށް: ޝާހިދު
މިހާރު
5 ނޮވެމްބަރު 2025 | ބުދަ | 4:02
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ސ. ހުޅުދޫ އާއި މީދޫ ވެގެންދާނީ ދުބާއީ އާއި އަބޫދާބީއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.
އައްޑުއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ހުޅުދޫ އާއި މީދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ މި ވެރިކަމުގައި ހުޅުދޫ-މީދޫއަށް ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.
އެކަމުގެ ހެއްކަކީ އައްޑޫ ސިޓީ ކައުންސިލުގެ ދަށުން ހުޅުދޫ އާއި މީދޫ، ވަކިކުރުމަށް ނެގި ވޯޓުކަން ފާހަގަ ކުރައްވަމުން ޝާހިދު ވިދާޅުވީ އެކަމަކީ އެއްވެސް ސިޔާސީ ވެރިއަކަށް ނުކުރެވި އޮތް ކަމެއް ކަމަށެވެ.