އައްޑޫ ލިންކް ރޯޑާއި ހައިވޭ އަލުން ހެދުމުގެ މަޝްރޫއު އިފުތިތާހުކޮށްފި
މިހާރު
5 ނޮވެމްބަރު 2025 | ބުދަ | 9:37
އައްޑޫގެ ގިނަ ރަށްތަކެއް، ޒަމާނީ އަދި ފެންވަރު ރަނގަޅު މަގަކުން ގުޅުވާލަން މީގެ 22 އަހަރު ކުރިން ހެދި ލިންކް ރޯޑް އަލުން ހެދުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑު އަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މިރޭ ހިތަދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި މަޝްރޫއުގެ އިފްތިތާހުކޮށްދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި މި މަޝްރޫއު ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމާއި އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީގެ މެމްބަރުންނެވެ.