ޓްރައިބިއުނަލަށް ދިއުމުގެ މާ ކުރިން ޔާމީންގެ މަގާމު އޮތީ އުވާލާފައި: އެޗްޑީސީ
މިހާރު
5 ނޮވެމްބަރު 2025 | ބުދަ | 10:17
އެޗްޑީސީގެ ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމަންޓްގެ ހެޑަކަށް ހުރި އަހުމަދު ޔާމީންގެ އެއްބަސްވުން އާނުކުރަން ނިންމި މައްސަލަ އޭނާގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހަޅާފައި ވަނީ އެ މަގާމު އުވާލި ފަހުން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ޗީފް ބިޒްނަސް އޮފިސަރުގެ މަގާމަށް ޔާމީން އައްޔަންކުރީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޑިސެމްބަރު 2023 ގަ އެވެ. އެ މުއްދަތު މިދިޔަ އަހަރުގެ ޑިސެމްބަރަށް ހަމަވިޔަސް އެއްބަސްވުން އާނުކުރާނެކަން އޭނާއަށް އެންގީ އޭގެ މަހެއް ފަހުން، މިދިޔަ ޖެނުއަރީގަ އެވެ.
އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުން އެތަނުން ނިންމީ ޔާމީނަކީ މުއްދަތެއް ނެތް ދާއިމީ ވަޒީފާއެއްގައި ހުރި މީހެއް ކަމަށާއި ވަޒީފާ އިން ވަކިކުރީ މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމް ކުރުމެއް ނެތި ކަމަށެވެ.