އައްޑޫގެ ބޮޑު ތިން ވައުދަށް ވެސް ބޮޑެތި ކާމިޔާބީތަކެއް ވަނީ ލިބިފައި: ރައީސް
މިހާރު
6 ނޮވެމްބަރު 2025 | ބުރާސްފަތި | 12:36
އައްޑޫ ސިޓީގެ ޝަންގްރިއްލާ ރިސޯޓު އޮޕަރޭޝަނަށް ގެނައުމާއި އެ ސިޓީގައި އައްސޭރި ޓޫރިޒަމްގެ މަޝްރޫއެއްގެ އިތުރުން ހަންކެޑެ ތަރައްގީ ކުރުމަށް ވެވަޑައިގަންނެވި ވައުދު ފުއްދެވުމަށް ބޮޑެތި ކާމިޔާބީތަކެއް މިހާތަނަށް ލިބިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އައްޑު އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ވަޒީފާގެ ފުރުސަތުތައް ބޮޑަށް ފަހި ވާނީ ޓޫރިޒަމާ އެކު ކަމަށެވެ. އެހެންވެ، އައްޑޫ ސިޓީގައި ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެ ސިޓީގައި ޓޫރިޒަމް ފުޅާ ކުރެއްވުމަށް ރައީސް މުއިއްޒު މީގެ ކުރިން ވެވަޑައިގެންފައިވާ އެންމެ ބޮޑު ތިން ވައުދު ހަގީގަތަކަށް ހެއްދެވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ރޭ ވަނީ އެ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ވެސް އައްޑޫގެ ރައްޔިތުންނާ ހިއްސާކުރައްވައިފަ އެވެ.