މަމްދާނީ ހޮވުމުން އެމެރިކާގެ 'ސިޔާދަތު' ގެއްލިއްޖެ: ޓްރަމްޕު
މިހާރު
6 ނޮވެމްބަރު 2025 | ބުރާސްފަތި | 7:42
ނިއު ޔޯކުގެ މޭޔަރު ކަމަށް، ވާތުފިޔައިގެ ފިކުރުގެ ޒަހްރާން މަމްދާނީ އިންތިހާބުވެވަޑައިގަތުމާ އެކު އެމެރިކާގެ ސިޔާދަތު ގެއްލިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕު ވަނީ "އަޅުގަނޑުމެން އެކަމާ އުޅޭކަން" ކަމަށް ވެސް ވިދާޅުވެފަ އެވެ. ނަމަވެސް އެހެން ވިދާޅުވީ ކޮން މާނައެއްގައި ކަމެއް ނޭނގެ އެވެ. ނަމަވެސް އެއީ އެމެރިކާއަށް ހިޖަރަކުރާ މީހުންނާ ދެކޮޅަށް ހަރުކަށި ސިޔާސަތެއް ޓްރަމްޕު ގެންގުޅުއްވާއިރު ގައުމުގެ އެންމެ ވަރުގަދަ ސިޓީގެ ވެރިކަން ހިޖުރަވެރިއަކަށް ލިބުމާ ގުޅުވައި ވިދާޅުވި އެއްޗެއް ކަމަށް ބެލެވެ އެވެ.
ޓްރަމްޕު ވިދާޅުވީ މަމްދާނީގެ މޭޔަރުކަމުގައި، އެމެރިކާގެ އެންމެ ބޮޑު ސިޓީ ކޮމިއުނިސްޓު ސިޓީއަކަށް ބަދަލުވާނެ ކަމަށެވެ.