މެކްސިކޯގެ ރައީސަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

މިހާރު

6 ނޮވެމްބަރު 2025 | ބުރާސްފަތި | 7:47

މެކްސިކޯގެ ފުރަތަމަ އަންހެން ރައީސް ކްލައުޑިއާ ޝެއިންބާމް މަގުމަތިން ހިންގަވާފައި ވަޑައިގަންވަނިކޮށް މީހަކު ފަހަތުން ގޮސް 'ގަޔަށް އަތްލައި' ބޮސްދޭން މަސައްކަތްކޮށްފި އެވެ.

ރިޔާސީ ގަނޑުވަރު ކައިރީ އަންގާރަ ދުވަހު އޮތް އިވެންޓަކަށް ވަޑައިގަންނަވަނިކޮށް ޝެއިންބާމްއަށް ޖިންސީ ގޯނާކުރި ފިރިހެން މީހާ ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހާ ޝެއިންބާމްގެ ގަޔަށް އަތްލައި ބައްދަން އުޅޭ މަންޒަރުގެ ވީޑިއޯތައް ވެސް ވަނީ އާންމުވެފަ އެވެ.

މި ހާދިސާއަށް ފަހު ޝެއިންބާމް ވަނީ ޖިންސީ ފުރައްސާރަ އަކީ މުޅި ގައުމުގައި ވެސް ކުށަކަށް ހަދަން ގޮވާލައްވައިފަ އެވެ.

މައުޟޫޢުތަށް