ފޯޑަން އަސްލު ފޯމަށް އެނބުރިއައުމުން ގާޑިއޯލާ އުފަލުން!

މިހާރު

6 ނޮވެމްބަރު 2025 | ބުރާސްފަތި | 8:26

ފިލް ފޯޑަން އަސްލު ފޯމަށް އެނބުރި އަތުވެއްޖެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ރޭ ކުޅުނު މެޗު ސިޓީން ކާމިޔާބު ކުރީ 4-1 ންނެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ސިޓީގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ފޯޑަން އެވެ.

ސިޓީން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން އެންމެ ފަހުން ހޯދި 2023-2024 ގެ ސީޒަނުގައި މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ ފޯޑަން އެވެ.

މައުޟޫޢުތަށް