މަސްކުގެ ސްޓާލިންކް އިންޑިއާގައި ފަށަނީ
މިހާރު
6 ނޮވެމްބަރު 2025 | ބުރާސްފަތި | 4:57
އިންޑިއާގެ މާލީ ހަބް، މަހާރަޝްތުރާ ސްޓޭޓަކީ އީލޮން މަސްކުގެ ސްޓާލިންކް އިންޓަނެޓްގެ ހިދުމަތް އެ ގައުމުގައި ދޭނެ ފުރަތަމަ ސްޓޭޓް ކަމަށް ޗީފް މިނިސްޓަރު ދޭވެންދްރަ ފަދްނަވިސް އިއުލާނުކުރައްވައިފި އެވެ.
ލޯ އޯބިޓް ސެޓެލައިޓްތައް މެދުވެރިކޮށް، އެކަހެރި ހިސާބުތަކަށް ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދޭ ސްޓާލިންކް ތައާރަފްކުރުމާ އެކު އިންޑިއާގައި ވަނީ ވާދަ ނުކުރެވޭ ދަށް އަގުތައް ކަނޑައެޅުމާއި ސްޕެކްޓްރަމް އެލޮކޭޝަން ފަދަ ކަންކަމާ މެދު ވަރަށް ބޮޑަށް ބަހުސް އުފެދިފަ އެވެ.
އިންޑިއާގައި ސްޓާލިންކަށް ލައިންސަސް ދިނީ މިދިޔަ ޖޫން މަހު އެވެ.