އެމްއެޗްއޭގައި "ޑރ. އޮޓްކާ"ގެ ފްރޯޒަން ޕިއްޒާ އާއި ހާގެންޑާޒް އައިސްކްރީމްގެ ހާއްސަ އޮފާތަކެއް

މިހާރު

6 ނޮވެމްބަރު 2025 | ބުރާސްފަތި | 3:52

އެމްއެޗްއޭގައި ވިއްކާ މަގުބޫލު "ޑރ. އޮޓްކާ"ގެ ފްރޯޒަން ޕިއްޒާ އާއި ހާގެންޑާޒް އައިސްކްރީމްގެ ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި އެވެ.

އެ އޮފާގެ ދަށުން އެ ބްރޭންޑުގެ ޓްރެޑިޒޮނޭލް ކަލެކްޝަންގެ ޕިއްޒާތަކާއި ރިސްޓޮރަންޓޭ ކްލެސިކް ކަލެކްޝަންގެ ޕިއްޒާތަކާއި ރިސްޓޮރަންޓޭ ރިސްޓޮރަންޓޭ މާގަރީޓާ ޕިއްޒާ ވެސް 75ރ. އަށް ލިބޭނެ އެވެ. އެ ފިހާރައިގައި ވިއްކާ ޓްރެޑިޒޮނޭލް ކަލެކްޝަނުގެ ޕިއްޒާތަކުގެ ތެރޭގައި 385 ގުރާމްގެ މޮޒެރެއްލާ އެންޑް ޕެސްތޯ އާއި 415 ގްރާމްގެ ސްޕިނެޗް އެންޑް ރިކޯޓާ ހިމެނެ އެވެ. މިއީ ގޯމޭ ޓޮޕިން ހިމެނޭ ރަސްޓިކް ޑޯއެއްގައި ތައްޔާރުކޮށްފައިވާ ޕިއްޒާތަކެކެވެ.

އެ ބްރޭންޑުގެ ރިސްޓޮރަންޓޭ ކްލެސިކް ކަލެކްޝަނުގެ ޕިއްޒާތަކުގެ ތެރޭގައި ހިމެނެނީ 355 ގުރާމުގެ މޮޒެރެއްލާ އާއި 390 ގުރާމުގެ ސްޕިނެޗް އަދި 320 ގުރާމުގެ ޕެޕަރޯނިީ އާއި 345 ގުރާމުގެ ރެސްޓޮރެންޓޭ ސްޕެޝާލް ފްލޭވާ އެވެ. މިއީ ކްރިސްޕީ، ތުނި ކްރަސްޓަކާއި ބޯލްޑް ޓޮޕިންގްސް ހިމެނޭ ޕިއްޒާތަކެކެވެ.

މައުޟޫޢުތަށް