ސަރުކާރުގެ އޮފީސްތަކުގެ ކުއްޔަށް 178 މިލިއަން، އެންމެ ބޮޑު ކުއްޔެއް އެމްބަސީތަކަށް
މިހާރު
7 ނޮވެމްބަރު 2025 | ހުކުރު | 7:48
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން 178 މިލިއަން ރުފިޔާ ސަރުކާރުގެ އޮފީސްތަކުގެ ކުއްޔަށް ހޭދަކުރަން ހިމަނައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ މަހުގެ 30 ގައި ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުން ސަރުކާރުން ކުއްޔަށް ކުރާ ހޭދަ އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަނީ ވެސް އެކި ގައުމުތަކުގައި ގާއިމް ކޮށްފައިވާ ރާއްޖޭގެ ހައި ކޮމިޝަންތަކުގެ ކުލި ދެއްކުމަށެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ފޮރިން މިނިސްޓްރީގެ އިމާރާތްތަކުގެ ކުއްޔަށް 53 މިލިއަން ރުފިޔާ ހޭދަކުރެ އެވެ. އޭގެ ތެރޭގައި ސަރުކާރުން ބޭރުގެ އެކި ގައުމުތަކުގައި ހިންގާ 19 އެމްބަސީއެއް ވެސް ހިމެނެ އެވެ.