ބަންޑުންޖަހާލި ކޮޅުވެއްޓި ދުއްވީ ހުއްދަ ނެތް މީހެއް، އިހުމާލުތައް ގިނަ: ރިޕޯޓް

މިހާރު

6 ނޮވެމްބަރު 2025 | ބުރާސްފަތި | 4:59

މާލޭ ވިޔަފާރި ބަނދަރުގައި އޮތް އާގުބޯޓަކުން ބޭލި ދެ އެކްސްކަވޭޓަރެއް އެރުވި ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި ދެމީހަކު މަރުވި ހާދިސާ ހިނގި އިރު އެ އުޅަނދުގެ ކެޕްޓަނަކަށް ހުރީ އެފަދަ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށާއި ކޮޅުވެއްޓި ބަންޑުން ޖަހާލީ އޭނާ އެދިގެން އެކްސްކަވޭޓަރެއް އެއްފަރާތަކަށް ޖެއްސުމުން ކަމަށް އެމްޕީއެލް އިން މިއަދު ބުނެފި އެވެ.

މި މަހުގެ ދެ ވަނަ ދުވަހު، ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އެމްޕީއެލް އިން ހިންގި އެތެރޭގެ ތަހުގީގަށް ފަހު އާއްމުކުރި ވަގުތީ ރިޕޯޓްގައި ބުނީ މުދާ ބެހެއްޓުމުގައި އުޅަނދުގެ ސްޓެބިލިޓީ ކަށަވަރުކުރުމަކީ ކެޕްޓަންގެ ޒިންމާއެއް ކަމަށްވާތީ ކޮޅުވެއްޓީގައި ދެ އެކްސްކަވޭޓަރު ފުރަތަމަ ބެހެއްޓީ އޭނާގެ އިރުޝާދާ އެއްގޮތަށް ކަމަށެވެ. ނަމަވެސް އެމްޕީއެލްގެ މުވައްޒަފުން އެ މަސަައްކަތް ނިންމައިލި ފަހުން އެކްސްކަވޭޓަރު ހުރިތަން ބަދަލުކުރި ކަމަށް ތަހުގީގަށް ވަނީ އެނގިފައި ކަމަށް ރިޕޯޓްގައިވެ އެވެ.

"އެހެން ނަމަވެސް މަސައްކަތް ނިންމާލި ފަހުން، އަނެއްކާވެސް ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ އެދުމުގެ މަތިން ލޭންޑިން ކްރާފްޓްގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރ ޕޯޓްު ފަރާތަށް ޖެއްސުމާ ގުޅިގެން، އުޅަނދުގެ ސްޓެބިލިޓީ ގެއްލުމަކީ ލޭންޑިން ކްރާފްޓް ބަންޑުން ޖެހުމަށް މެދުވެރިވި ސަބަބު" ކަމަށް އެމްޕީއެލްގެ ރިޕޯޓްގައި ބުންޏެވެ.

މައުޟޫޢުތަށް