ޗައިނާ އާ ގުޅިގެން އެކި ދާއިރާތަކުން ކުރާ މަސައްކަތްތައް އިތުރަށް ހަލުވި ވެއްޖެ: ރައީސް

މިހާރު

6 ނޮވެމްބަރު 2025 | ބުރާސްފަތި | 7:45

ރާއްޖޭގެ ކޮންމެ ދިމާއަކަށް ބަލައިލިޔަސް، ފެންނަން އޮތީ ޗައިނާ އިން ފޯރުކޮށްދީފައިވާ ދީލަތި އެހީ ކަމަށާއި އުމްރާނީ ތަރައްގީގެ އިތުރުން އެކި ދާއިރާތަކުން ދެ ގައުމު ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަލުއިވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗައިނާ ޒިންހުއާ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ރާއްޖެ އާއި ޗައިނާއާ ދެމެދު ޒަމާނުއްސުރެ އުފެދިފައި އޮތް ގުޅުމުގެ ތެރެއިން ދެ ގައުމަށް ވެސް ގިނަ ގުނަ ފައިދާތަކެއް ލިބިފައިވާ ކަމަށެވެ.

މިގޮތުން، ރާއްޖޭގެ އުމްރާނީ ތަރައްގީ އަށް ޗައިނާއިން ފޯރުކޮށްދީފައިވާ އެހީތަކުގެ ސަބަބުން، އިގުތިސާދީ ގޮތުން ރާއްޖެ އަށް ގިނަ ދޮރުތަކެއް ހުޅުވި، އެކަމުގެ މަންފާ ސިޔާސީ އަދި އިޖުތިމާއީ ގޮތުން ވެސް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

މައުޟޫޢުތަށް