ވޭޕް ބޭނުންކޮށްގެން މިދިޔަ މަހު 200،000ރ. އަށްވުރެ ބޮޑު ޖޫރިމަނާއެއް

މިހާރު

6 ނޮވެމްބަރު 2025 | ބުރާސްފަތި | 8:46

ވޭޕާ ގުޅުން ހުރި ކަންކަމުގައި މިދިޔަ ހަފުތާގައި 220،000 އަށް ވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެ އިދާރާއިން އާއްމުކުރި މިދިޔަ މަހުގެ ތަފާސްހިސާބު ދައްކާގޮތުން، ވޭޕް/އީ-ސިނގިރޭޓު ބޭނުންކުރުމުގެ ފަސް ހާދިސާއަކާއި އެ ތަކެތި ގެންގުޅުމުގެ 15 މައްސަލައަކާއި އެ ވިއްކުމާއި ގަތުމުގެ ދެ މައްސަލަ އަދި އެކަމާ ގުޅުން ހުރި ތިން މައްސަލައެއް ރިޕޯޓުކުރި ކަމަށެވެ.

އެ މައްސަލަތަކާ ގުޅިގެން މިދިޔަ މަހު 35 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް